English Edition
Dhivehi Edition
މުއާޒު މުހައްމަދު ރަޝީދު / ފޮޓޯ: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފެނަކައިގެ އެމްޑީކަމުން އިސްތިއުފާ ދެއްވިކަން ހަމަކޮށް މުއާޒުވަނީ އޭނާގެ އިސްތިއުފާގެ ސިޓީ އެކްސްގައި ހިއްސާކޮށްފައެވެ.

އެ ސިޓީގައި މުއާޒު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭ ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާއެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އަދި ކުންފުނިތަކަކީ ލިބޭ އާމްދަނީއިން ހިންގަންޖެހޭ ތަންތަން ކަމަށްވީ ނަމަވެސް، ފެނަކައިގެ މާލީ ހާލަތު އޮތްގޮތުން އެ ކަން އެހެން ކުރުމަކީ ނުވާނެ ކަމެއްކަމަށް މުއާޒު ވަނީ ފާހަގަކުރައްވާފައެވެ.

މުއާޒުވަނީ އެެހެން އެ ކަން ދިމާވާން މެދުވެރިވި ސަބަބުތައް ހިއްސާކުރައްވައިފައެެވެ. އެގޮތުން މުއާޒު ހިއްސާކުރެއްވި ކަންތައްތަކުގެ ތެރޭގައި:

  • ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ކުންފުންޏަށް ކަތާވަރަށް ހިންގުން ބަދަލުކުރުމަށް އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުން
  • ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުން
  • ކުންފުންޏާ ހަވާލުވީއިރު ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތުން
  • ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު އިންތިހާއަށް އިތުރުވުން
  • ކުންފުނީގެ ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓެނެންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުން.