English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫ އަވަށުގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭނެ ސަރަހައްދެއް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިން އިއުލާންކޮށްފިއެވެ

މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. ބިޑް ވިއްކުން ކުރިއަށްދާނީ 01 އެޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 05 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 10 އެޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ

ޓެގު