English Edition
Dhivehi Edition

 

“ވަރައް އުފާވެއި ބީޗް ހެދިމެއި.ވަރައް ހިއުހަމަޖެހެއި.މިތާން ކޮންމި ދުވަހަކިއަސް ދޭގަނޑިހަނާއުއޭއް ބޭނުންވެއި”

ފޭދޫދެކޫދަކާމެން އެރަށި ބީޗެކަވެރިއެ

މީ އައްޑޫސިޓީ ފޭދޫގެ ކުދިބާކިންގެ ޝުޢޫރު.އެކުދިންތިބީ މިކަހަލެއި ނަލަ ބީޗަކައު އެދިއެދި. އެއްވިއަސް ސަރުކާރަކުން މެހެއިތާން އައްޑޫސިޓީއެ މިކަހަލެއި ގޮތަކައް ބީޗައު ހަދައިދެރެ ދަތެރެއޭށާއި ދޭގަނޑި ހަނާއް ހިއްފައްސޭހަ ތާން ހަދައިދެރެފެއިއަކި ނެއް. މެހެއިދުވަހައް އެންމެ ގިނައިން މީހުން ދޭގަނޑިހަނާއުއޭ ހަމައެކަނި ތާކައުއޮންނެއި ހަންކެޑެ ބުރިޖާއި ކަވެރި. އޭގެ އިތިރައް ދެންއެނީ އެކިރައްރަށި ހަދަފެއިތިބި ފަތާޓްރެކްތަކައް

އުފެދުމެއަސް އައްޑޫސިޓީއަކީ ގައުމައްތެރަށަކާއު ބެނައިހަދަތާ.އެހެންވެ ނަލަ ދޮންވެލިގަނޑައް ނެތި އޮންނެކޯ އެނައްކެޑުން އެހެއި ކުނިބުނި އެޑާމެއި ހިތައްފިނިކަން ހޯދާށާއުކޭފެއި މިތަންތާން ބާކިއެނިއަސްއެތާ. ދޭތެރަކުން އެފަންނަކި ކަވެރިޔެ ތިބޭ މީހުންނާއި ކޮންމިއަސް ޖަމްޢިއްޔާކި ބާކިން ގޮސް ކަޅިބިތާއި އަތިރި ސައުފުކޮއްލުންފިޔަވައި މާބޮނޑަވަރައް މީނެތާކައް ނިކެރަތާ.

މެހެން މިކަން ހިނގަމުން އޭވޭލެއި މިގޭ އޯގަސްޓް މަހި އެތެރެ މަރަދޫ މީހާ އަތިރި ސައުފު ކެރާއު އެރި ނަމޫނާ ދައްކަލިވާ. މިތަންބަލަގެން ތިބެފެއި ފޭދޫ މީހާސް އަތިރައުއެރި ސައުފުކޮއްގަތާ.

ފޭދޫ މީހުން ސައުފު ކެރާއް ނުކުއް ހިސާބުން މިއޮތީ ދެގެރި ތަޅަގައްމެއި ކައްގަލާއް ބާރަކެރާށިއައު ބެނާ ހިސާބައު އާއްސެއި. އެއްކެޑުން ނުކުތީ ފޭދޫ ރައްޔަތާ. އެނައްކެޑެ ތިބީ އައްޑޫސިޓީގެ އިންތިޚާބީ ކައުންސިލަރާ.

ކައުންސިލުން އެތެއި މަސައްކައް ފަށާއް ވެގެން އިންވަކި ކެރާއް ބީޗައް ސްޓާފުން ފެނޑުވިކޯ ފޭދޫ ބީޗު ނަލަކެރާއް ބުރަކޮއް މަސައްކައް ކޮއްކޮއް ތިބި ރައްޔިތުންނައް އެކަން ގަބޫލައް ނިވެވެނެ. އެއާބާކިން އާތާކައް ފަހަލާއި އެނައްކަލަސް ސައުފުކެޑުމާއިގެން އެވެރިއެ ވޭނޑިގަތާ. ކަންތަކާއި ޖެހެނެއި އެހެއިސާބުން

” ކައުންސިލުން އިއުލާނައް ކެރާއްޖެހެނެއި ކައުންސިލްގެ ސްޓާފުން އެތަނި ބިން ސާވޭ ކެރާއް ގޭމެއި ހިފަގެންގޭ އިންސްޓްރޫމަންޓް ތައް ހޯދައި އެވެންނައް ހެރަސްއެޑައި އެކަން ހުއްޓުވިމެއި. އެހެއިސާބުން އެއުތީދެން މަސައްކަތައް ހެރަސްއެޑި ތަންކެޑައް ވައޮލެންޓް ވެފެއި.އެހެންވެ ފިޔަވަޅައެޑާއް މަޖްބޫރުވީ” މޭޔަރ ޢަބްދުﷲ ސާދިޤު

އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ސާދިޤު،ސޯބެގެ އެވާހަކައިން ބޮނޑަގޯހައް ހިނގަގޭކަން އެނގިގެ. އެނައްކެޑުން ފޭދޫ ރައްޔަތުން ބީޗުން އުފާވެރިކަން ހޯދައި އުފަލުން ފެޑިފެޑިތިބިކޯ ހަމައެއާއި އެއްކޮއް އެވެރިންގެ ހިއްނިތަނަވަސް ކެރާ އެތައްކަމަކަސް ފެންމަތިވެގެ.

މިވެގެންހިނގާ އެއްތާ އެންމެ ރަންގަޅާއް ބެނައިދިއޭނެއި ފޭދޫ މީހުންނައް. ފޭދޫގެ ނަން މަޝްހޫރު ނަގައިކޭ މީހުންނައް. ސިޔާސީ ގޮތުނަސް ފުންނާބު އުސް މީހުންނައް.

“އައްޑޫސިޓީގެ މަގުއްދޫ ޒުވާނުންނާއި އަދި ޢާއްމުކޮއް މިޅި ފޭދޫގެ ރައްޔިތުން ގުޅިގެން ފޭދޫ މަގުއްދޫ ބުރިއެ ސަރަޙައްދެ މި ހަދަމުންއޭ ބީޗަކީ ފޭދޫގެ ރައްޔިތުންނައް ވަރައް މުހިއްމު ބީޗައްކަމައް ފޭދޫގެ ރައްޔިތުން ދެކެނީ. އަސްލު ހަގީގަތި މިކޯ އަޑައިވެމުން މިއެނީ މި ބީޗު އައްޑުސިޓީ ކައުންސިލުން މިބީޗު ބާކިންނައް ވިއްކަލިއައު. ދެން އަޅުގަނޑުމެން ބޭނުން މިބީޗު ވިއްކީ ކެހެނަކައްތޯ.ވިއްކި ލެއް ބަލާއް. މިބީޗު އެލެކައް ނިވިއްކޭހެއް.” ފޭދޫ ދާއިރާގެ ކުރީގެ މަޖްލިސް މެމްބަރ އައިބީ

އައިބީ އެބެނީ ކައުންސިލުން ބީޗު ވިއްކާއު ހިނގާ އަޑަ އިވޭ ކަމައް. އެހެންފެހޭ އައިބީއަސް އެހެދީ ތެދައް. އެހެނަކުން ރައްޔިތުންގެ ބީޗައް ނިވިއްކޭހެއް. އެހެންނުނީ.

މިއެޑެނެ އިލްޒާމްގެ ތެދެދޮގަ ރައްޔިތުންނައް ހާމަކޮށްދޭއް ސިޓީ ކައުންސިލް އޮތީ ތައްޔާރައް. މީނެ ވާހަކާއް ފޭދޫ ރައްޔަތަކާގެ އަޑުން އިވެނެ ހިސާބުން ކައުންސިލުން މީޑިއާތަކާއި ބައްދަލަކެޑެ.ވެގެން ހިނގާގޮއް މޭޔަރު ވަރައް ސައުފުކޮއް އޮޅުން ފަލުވައިދިން.

” ރައީސްގެ ރިޔާސީ ވަޢުދައް އައްޑޫގެ ފަތުރުވެރިކަމުގެ ސިނާޢަތު ފެޅޫ ކެޑުމައްޓަކައި ޖުމްލަ 8000 އެނދަ ތަރައްގީކެރާއް. މިކޯހިށީ ގާއްގަނޑަކައް ގެސްޓޤހައުސްތަކާއި އެއްކޮއްލީމެއި 1100 ވަރަކައް އެނދަ. އެއަދަދު 8000 އައް އިތިރި ކެޑުމައްޓަކައި ރިސޯޓް ހަދާކައް މާގިނަ ތަންތާންނެއް. އެހެންވީމެއި ސިޓީ ހޮޓަލާއި ގެސްޓްހައުސްތަކާއި މިކަހަލެއި ހޮޓައުތައް އެޑަގެން މިކަން ވޭއްއޮތީ. އެސަބަބައްޓަކައި 5 ސަރަޙައްދަކުން ސިޓީ ހޮޓައު އެޑުމައް އިއުލާން ވެގެން މަސައްކައް ކެރާއް ފެށި. އެއްވިއަސް ހާލަތަކި އެއްވިއަސް ބާކިންގެ އެއްވިއަސް ބިމައް އެއްވިއަސް ފަރާތަކައް ވިއްކަފެއި އަކި ނިއޮންނެހެއް. އިޢުލާން ކޮއްގެން ޓޫއަރިޒަމައް ކަނޑައަޅަފެއި އޮތް ތަނނުން ކުލިއައް ބިން ދޫކެރަނީ. ”

ފޭދޫ ޓުއަރިޒަމް ޒޯން ކަނޑައެޅީ އަދަކި އިއްޔެއަކިއައް ނުން. 2017 އިން ފެށިގެން މަޝްވަރާ ކެރަމުންއާ ކަމައްމީ. މިމަޝްރޫޢު އައް ޚިޔާލަހޯދާއް ރަށިފެންވަރުގެ މީޓިންތައް ބާގެން އެމީޓިންތަކި އެއްވިއަސް ރައްޔިތަކާ އެކަމައް އިންކާރަ ނިކެރާކަން ޔައުމިއްޔާތަކުން އެނގޭއް ތެބިހިއް. ހަމައެކަނި ރައްޔަތުންއެދެނެއި ގެސްޓްހައުސްއެއި އެއްކޮށް ފޭދޫ ހިއްކި ބިމުން ގެވަޑަސް ދޫކެރާއްފަށާއް.މިދާއްކެން ދުވެހި އެތަނުން 500 ބިން ދޫކެރާއް ކައުންސިލް މީޓިންއަކުން ފާސްކޮއްފެއި އެއުތީ. އެކަމާސް އެވީ. ދެންއެކަމަކި މެހެއިސާބުން އުފެދޭ ސުވާލާކީ ބީޗުން އުފާވެރިކަން ހޯދާނެއި މިގޮތައްތޯ ނުންވީ އެގޮތައްތޯ.

 

ފޭދޫ ރައްޔަތުންތިބީ ބީޗު އަނބަރައިދޭ ގޮތަކައް ނުން. އެވެރިންގެ ހުށިހެއި ހިއުހަމަޖެހުމާއި އުފާވެރިކަމައް ގުޅިފެއިވެނީ މިކޯ މިބީޗާއި. ކާވެނި ހަފްލާއް ބޭވިއަސް އައުޓްޑޯ ފޮޓޯ ޝޫޓައް ކެރާއްވިއަސް،ޕިކްނިކް ދަތެރަކައް ވިއަސް އަނގަމަޖާކެރާއްވިއަސް އެއްކަލަ ފޭދޫ ފަސްގަނޑާއި އެތަނާއި ގުޅިފެއިވޭ ބީޗައްވަނި އެކަށީގެންވޭ އެއްވިއަސް އެހެންތާން ނެއް.

” އަފިރިން އެންމެ ކަންބޮނޑަވެނީ މި ފަސްގަނޑަ ނަގާއް ހިނގާތި. މީއަފިރިން ލައްކަ މަސައްކަތުން ސައުފުކެޑެތާން. މީފޭދޫ ރައްޔިތުންގެ އަމެއްލަ ތާން. މިތަނުގެ އުފާހޯދާނެއި ފޭދޫގެ ރައްޔިތާ. އަފިރިން ވަރައް އުފާވެއި މިތަން ހެދެނެމެއި. ”

މީފޭދޫ ރައްޔަތުންއެ އުއްމީދާއި އަޑަ ކަމުގެއިވިއަސް މިއުފާވެރި ބީޗާއިމެދެ ދެވަނަ ވިސްނުމަކައް އޭއް ޖެހޭ ސަބަބުތަކަކަސް ތެބޮއް. އައްޑޫސިޓީއެ ގެސްޓް ހައުސްވިޔަފާރި ތަރައްޤީކެޑުމައް ކެރާ މަސައްކަތި އެތެރުން މަރަދޫފޭދޫ ފިޔަވައި އައްޑޫގެ މީހުންދިރިވޭނޑޭ ކޮންމި އަވަށަކި ޓުއަރިޒަމް ޒޯނައް ތަރައްޤީކެރާއް ރާވައިއެކަމުގެ ފަންޑަސް އޮތީ ލިބިނިމިފެއި. ފޭދޫއަކީ ސާޅީހަކައް ހެކްޓަރުގެ ބޮނޑަބިމައް ރައީސް ޔާމީނުގެ ވެރިކަމި ހިއްކަފެއިވޭ ތާން. އޭގެއެތެރުންއެއްކެމި 3 ހެކްޓަރަ ޓުއަރިޒަމް ޒޯނައް ނަގަފެއިވެނީ. ކޮންމި ތާކައް ބާކިން ދަތެރެކެޑަސް އެއަރޕޯޓާއި ކަވެރިން އެކޮމޮޑޭޝަން ހަމަޖެހޭތޯ ބަލަތާ. އެހެންވެ އެސަބަބާއިހެދީ ފޭދޫ ފަސްގަނޑަ ފަތުރުވެރިކަމައް އެހެއި މުހިއްމު ވެފެއި އެއުތީ. ސަބަބުތައް ކިތައްމި ގިނާހަސް ރަށި ރައްޔިތުން ހިތްނިއެދޭ ތަރައްޤީއަށް އެރަށަކައް ނިގިނެވޭހެއް. އެހެންބަލާކޯ ފަންޑު ލިބި ފޭދޫއެ ހަދާއް ނިންމަފެއިވޭ ޓުއަރިޒަމް ޒޯންގެ އަޑަ ފަނޑަވެ ގަދަކަނޑިމިޖެހޭ ވައިއެއިއޮއިއެއި އެކީ ބެހިގެން އެހެން މަންޒިލަކައު އިޔާ ނިލައްގާތިކޮއް ފޭދޫ ފަސްގަނޑާއިމެދެ ރައްޔިތުން ފުންވިސްނުމަކައް ގެއުން ރަނގަޅަ.ފަސްގަނޑުން މިކޯ ލިބޭ އުފާ ހިތާމަ ރިޑި މަޑަކޮއްލާއި ދާއިމީ އުފާ އެތަނުން ހޯދާއް ޢަޒުމް ކަނޑައަޅާއްވީ.

1 ކޮމެންޓް
ހަސަން/ފޭދޫ
ސެޕްޓެމްބަރު 12, 2020
ދޭގަނޑަ މެހެން ކޭނީ އައްޑޫ ކޮންރަށަކި ބާކިޔަ. އަފިރިންގެ ރަށި މީހުން ކޭނީ(ކޭށީ) ދިޔަގަނޑާއު. ދިޔަގަނޑަ މާގުޅެއި ނުނީ.