English Edition
Dhivehi Edition

 

ފޭދޫގައި ހިންގަމުން އަންނަ 3 އެސް ލައުންޖް ރެސްޓޯރެންޓްގައި މަހަކު އެއް ފަހަރު ޚާއްސަ ޑިނަރ ނައިޓެއް ބާއްވަން ނިންމައިފިއެވެ.

މިއީ އައްޑޫސިޓީގެ ޒުވާނުންގެ ހުނަރު ތަރައްޤީކޮށް އެކުދިންނަށް ކުރިއަށްދާން މަގެއް ފަހި ކޮށްދިނުމާއެކު އުފާވެރި މަޖާ މާޙައުލެއްގައި ޢާއިލާއާއި ރައްޓެހިން އެކުއެކީ ތިބެ މީރު ކެއުމަކަށް އިންސާފު ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަޤްސަދުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޑިނަރނައިޓެއް ކަމަށް 3އެސް ގެ އެޗްއާރުއަދި މާކެޓިންގ މެނޭޖަރ ފަޒްނާ ޢަބްދުލްޤައްޔޫމު ވިދާޅުވިއެވެ.

ޕްރޮމޯޝަނަލް މި ޑިނަރ ނައިޓް މިމަހު ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޑިނަރނައިޓް ކުރިއަށް ދިޔައީ އަރަމުން އަންނަ މިއުޒިކީ ފަންނާނު ނާޒިހު އާއި ޙުސެއިން ގެ އިކްލިޕްސް ބޭންޑްގެ ކުޅަދާނަ ހުށަހެޅުންތަކާއި ލައިވް މިއުޒިކާއެކުގައެވެ. ބޮޑު ތަރްޙީބެއް ލިބިގެން ދިޔަ މި ޑިނަރނައިޓުގައި ބައިވެރިވި ކޮންމެ ފަރާތަކަށް 5 ޕަސެންޓްގެ ޑިސްކައުންޓެއްވަނީ ދީފައެވެ.

3 އެސް ލޯންޖުން މިދިޔަ އޮގަސްޓް މަހު ވެސް ތަންދޫރީ ނައިޓަކާއި ޕިއްޒާ ޕްރޮމޯޝަން ވީކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

އައްޑޫސިޓީގައި ފުޅާ ދާއިރާއެއްގައި ތަފާތު ގިނަ ވިޔަފާރި ހިންގަމުން އަންނަ ތްރީއެސް އިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ފޯރުކޮށްދޭ ޚިދުމަތަކީ ކަސްޓަމަރުން ބަލައިގަންނަ ފަދަ ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމަށެވެ. މިސަބަބާހެދި ތްރީއެސްއަކީ އައްޑޫސިޓީގެ ގިނަ ބައެއްގެ ތަރްޙީބު ލިބިފައިވާ ކާމިޔާބު ބްރޭންޑެކެވެ.