English Edition
Dhivehi Edition

ސްޓާ ވަން އިން ގެނެސްދިން ހިންދީ ޑްރާމާ ސިލްސިލާ ދިލްމިލްގަޔާގައި ޖިގްނޭޝް ގެ ރޯލުން ފެނިގެންދިޔަ ބަތަލު ކަރަން ޕަރަންޖްޕޭ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ

އުމުރުން 26 އަހަރުގެ ކަރަން މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެތެރެއިންނެވެ. ކަރަން މަރުވެފައި އޮއްވާ ފެނިފައިވަނީ އާދިއްތަ ދުވަހު 11 ޖަހާކަށްހާއިރު އޭނަގެ މަންމައަށެވެ. ކަރަން މަރުވި ސީދާ ސަބަބެއް އަދި އެގިފައިނުވާއިރު މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ ކަރަން މަރުވެފައިވަނީ ނިދާފައި އޮއްވާ ހާޓް އެޓޭކެއް ޖެހިގެން ކަމުގައެވެ

ކަރަންގެ ކުއްލި މަރާއި އެކު މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތާމަފާޅުކުރަމުންނެވެ