English Edition
Dhivehi Edition

މަޖިލިސް މެންބަރު ކަމަށް އިންތިހާބުވާ ޕާޓީ ފިޔަވާ އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވެއްޖެ ނަމަ، އެފަދަ މެންބަރެއްގެ ގޮޑި ގެއްލޭނެ ގޮތަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ..އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ މި މައްސަލަ ސްޕްރީމް ކޯޓަށް ދުސްތޫރޫ މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައެވެ. ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް އެޖެންޑާކުރި ދުސްތޫރީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. އޭޖީ އަނިލް މިއަދު ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ، ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.އެ ތިން ހާލަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާއި އަދި އެހެން ޕާޓީއަކާ ގުޅުމެވެ