އިންޑޮނޭޝިޔާގެ ޓަނިމްބާ އައިލޭންޑްސް އަށް 6.4 ގެ ބާރުމިނުގައި ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވަނީ މި ބިންހެލުން އައިސްފައި ވަނީ ޖަކާޓާގެ ހުޅަނގު އުތުރުން 222 ކިލޯ ކިލޯ މީޓަރު ދުރުގައި އޮންނަ ބަންޑާ ސީގެ 171 އަޑިއަށް ކަމަށެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު ކުރިން ދިން ނަމަވެސް މިހާރު ވަނީ އެ އިންޒާރު އުވާލައިފަ އެވެ. މިބިންހެލުމުގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންވި ކަމުގެ މައުލޫމަތެއް ލިބިފައެއް ނުވެއެވެ
ޕެސިފިކް ރިންގް އޮފް ފަޔާ” ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމަކަށްވާއިރުމި ދިޔަ މަހު 26 ވަނަ ދުވަހު ވެސް އިންޑޮނީޝިއާ އަށް ވަނީ 6.1 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފަ އެވެ
އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު 9.3 ގެ ބާރު މިނުގައި އައި ބިންހެލުމުގައި އެ ގައުމުން 168،000 މީހުން ވަނީ މަރުވެފައެވެ