English Edition
Dhivehi Edition

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލަ ތަކަކާއި ގުޅިގެން 5 މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ

މިމައްސަލަތަކާއި ގުޅިގެން ހޯދަމުންދާ މީހުންނަކީ އައްޑޫ ސިޓީ ހިތަދޫ، އަޝްރަފްމަންޒިލް، އަޙްމަދު ނިޒާރު (29އ) އާއި ހދ.ކުޅުދުއްފުށި، ޝިއުނީވިލާ، މުޙައްމަދު ސިރާޖު (27އ) އާއި މ.މުލައް، ފެހިއަލި، ޢަލީ އަކްރަމް (28އ) އާއި ޏ.ފުވައްމުލައް، ދިގުވާޑު.ރޯޒީ، މުޙައްމަދު ސަޢީދު ޙުސައިން (36އ) އަދި ނ.ވެލިދޫ، ހުސްނޫގެ، އާދަމް ޙަސަންފުޅު (40އ) އެވެ

މި ފަސް މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވ