English Edition
Dhivehi Edition

އިބްރާހިމް ސިޔާދު ގާސިމްއާ, އޭނާގެ ވަކީލުން އަދި އާއިލާއާ ބައްދަލު ކުރުމަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ

ކަރަކްޝަނަލް އިން މިހެން ބުނެފައިވަނީ މާފުށީ ޖަލަށް ސިޔާދު ބަދަލުކުރި ފަހުން އޭނާގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ބައްދަލު ކުރަން ވެސް ކަރެކްޝަންސް އިން ފުރުސަތެއް ނުދޭ ކަމަށް ވަކީލުންނާއި އާއިލާ އިން ބުނުމާއި ގުޅިގެންނެވެ. ކަރަކްޝަނަލް އިން ބުނެފައިވަނީ ވަކީލުން ވެސް ބައްދަލު ކުރަން އެދޭ ފޯމު ހުށަހެޅުމުން އެ ފުރުސަތު ދޭނެ ކަމަށާއި އެކަން ސިޔާދުގެ ވަކީލުންނަށް އަންގާފައިވާނެކަމަށެވެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން ސިޔާދުގެ މައްޗަށް އުފުލާފައިވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުމުގެ ބައިވެރިވި ކަމުގެ ތުހުމަތާއި، ރިޝްވަތު ދިނުމުގެ ދައުވާ އެވެ