ިރިޝްވަތުގެ ގޮތުގަޔާއި އެނޫން ގޮތެއްގައިވެސް އެއްވެސް ފަނޑިޔާރަކަށް ފައިސާ ދީފައިނުވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުވާކުރައްވައިފިއެވެ
ފަނޑިޔާރުންނަށް ރިޝްވަތު ދެއްވާފައިވަނީ ގާސިމް އިބްރާހިމް ކަމަށް ތުހުމަތުކޮށް ސަރުކާރަށް ތާއިދުކުރާ ގިނަ ފަރާތްތަކުން ވާހަކަދައްކަމުންދާއިރު ގާސިމް ވިދާޅުވީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް އެއްވެސް އަމަލެއް އެމަނިކުފާނާއި އާއިލާގެ މެންބަރަކުވެސް ކޮށްފައި ނުވާނެ ކަމަށެވެ.
އިންޑިއާ ސަރުކާރުން މައުމޫނު މެދުވެރިކުރައްވައި ލާރި ދީފައިވާ ކަން ދޭހަވާފަދަ ގޮތަކަށް ވާހަކަދައްކަވަމުން ގާސިމް ވަނީ އެ މަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތް ދިން ވާހަކައަކީ ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ ކޮން ވާހަކައެއް ތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. “”އިންޑިއާ ސަރުކާރުން މައުމޫން މެދުވެރިކުރައްވައި ލާރި ދިނީމަ އަޅުގަނޑޭ އެ މީހުނަށް ރިޝްވަތު ދިނީ. މިއީ ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ ކޮން ވާހަކައެއް ތޯ؟ ﷲ ގަންދީ ހުވާކޮށްފަ މި ދަންނަވަނީ މިއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން” ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވިއެވެ
ޝަރުއީ ދާއިރާ މެދުވެރިކޮށް ބަޣާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފައެވެ