އާދިއްތަ ދުވަހުގެރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ފުވައްމުލަކު، ރަންބަގީޗާގޭ ހަސަން މުހައްމަދު ދީދީ 32، މަރުވެއްޖެއެވެ
ހަސަން މުހައްމަދު މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ރޭ ދަންވަރު 3:30 ހާއިރު އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓަށް ފަހު، ހަސަން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ސިކުނޑި އަށް ލޭ އެޅި ކަޅި ހުއްޓިފަ އެވެ. އަދި އޮޕަރޭޝަނަކާ ހަމައަށް ނުދެވުނީވެސް ހޭނޭރުމާއި ކަޅި ހުއްޓިފައި ހުރުމުގެ ސަބަބުން ކަމަށް މައުލޫމަތު ލިބއެވެ
އެކްސިޑެންޓުގައި މަރުވި ހަސަން އަކީ ދޭތެރެ ދޭތެރެއިން ފިޓު ޖެހޭ މީހެއް ކަމަށާއި އޭނާ އެކަނި ސައިކަލްގައި ދަނިކޮށް ޕިކަޕްގައި ޖެހުނީ ވެސް ފިޓު ޖެހުމުން ކަމަށް އެނގިފައި ވެ އެވެ