English Edition
Dhivehi Edition

މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 22 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވި ޒުވާނާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:16 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކާރެއްގެ ފަހަތުގައި ޖެހިގެން ކަމަށް މިހާތަނަށް ފުލުހުންނަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާ ލިބުނު 22 އަހަރުގެ ޒުވާނާއާއި އަނެއް މީހާއަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، ފުލުހުން އަންނަނީ މި އެކްސިޑެންޓް ހިނގި ގޮތް އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.