English Edition
Dhivehi Edition

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީ ޒިބްރާ ކްރޮސްގައެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒިބްރާ ކްރޮސް އިން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަފިހި ހުރަސްމަތިން މަގުހުރަސްކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އަޖީއެމްއެޗްގެ ވެންޓިލޭރުގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ވޯޑުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވަނީ ނިޔާވެފައިވާއިރުއެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ވީޑިއޯއިން ފެންނަނީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސް ކުރަން ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލު އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލުގައި ތިބި ދެ ކުދިން ގޮސް ޕިކަޕް ދަށުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.