English Edition
Dhivehi Edition
ސަވާހިލި

ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސްއިން އެ އަތޮޅު “ސަވާހެލި” ވަކިކުރައްވައި، ސިޓީގެ އިހްތިސާސަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ (ގާނޫނު ނަންބަރު 2010/7) 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު (ނަންބަރު 13/2026) އިންނެވެ.

ސަވާހެލި އޮންނަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާ ގޮތަށް ކަމުގައިވާއިރު 2021 ވަނަ އަހަރު ސަވާހެލި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މިދިޔަ ހަފުތާގައި ރައީސް ވަނީ، ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފައެވެ.