English Edition
Dhivehi Edition
ރޭ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގެ ސްކްރީން ޝޮޓެއް

އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ 3 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ، ހީނާމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ ރޭ 21:17 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކަށާއި، އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ، އަދި މި ދެ ކުޑަކުދިންނާއި އަންހެން މީހާ ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.