English Edition
Dhivehi Edition

އެކްސިޑެންޓު ވުމަށްފަހު މަޑުނުކޮށް ކާރުން ފޭބި ދެމީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ ތިރީގައިވާ ވީޑިއޯ އިން ފެންނަ ދެމީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ ފައިވާ ދެމީހުން ކަމަށެވެ. އަދި އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

https://www.facebook.com/share/v/1BsGcVHxtL/?mibextid=wwXIfr

 

ވީމާ، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.