English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓުވިޓެއްގައި، ކުރީގެ ސީޕީ ހުސެއިން ވަހީދަށް ކުރެއްވި ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ

ފުލުހުންގެ ޔުނިފޯމުގައި ގޭންގުތަކެއްގެ ބަޔަކު ނެރުމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ސީޕީ ހުސެއިން ވަހީދުކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ޓުވިޓަށް ރައްދު ދެއްވަމުން ހުސެއިން ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ނެރޭކަށް އޭނާއަށް ޖެހިވަޑައި ނުގަންނަވާނެކަމަށާއި ސިފައިންނާއި ފުލުހުންގެ ކިބައިގައި މަގުތައް އަމާން ކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން އެކަންތައްކުރައްވާނެ ކަމަށް ހުސެއިން ވަހީދު ވަނީ ވިދާޅުވެފައެވެ

ފުލުހުންގެ ޔުނިފޯމްގައި ގޭންގްތަކަށް ނިސްބަތްވާ ސާޅީސް ފަސް މީހުން ނެރެފައިވާކަމަށް ވިދާޅުވެ ނަޝީދުކުރެއްވި ޓުވިޓްގައި ވިދާޅުވީ މި ކަމުގައި އިސްކޮށް ހުންނެވީ ކުރީގެ ސީޕީ ހުސެއިން ވަހީދުކަމަށެވެ