English Edition
Dhivehi Edition

ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ވަން ޕާމް އެފްސީ އާއި އެފްސީ ވޯރިއާޒް ބައްދަލުކުރި މެޗު 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެފްސީ ވޯރިއާސް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ވޯރިއާސް އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށް 2 ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން ވަން އެފްސީ ވޯރިއާސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ ކުޅުން އިތުރަށް ވަރުގަދަކޮށް އެފްސީ ވޯރިއާސް އިން ވަނީ އިތުރު 2 ލަނޑު ޖަހައި ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ ތެރޭގައި ވަން ޕާމް އެފްސީ ން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު އެފްސީ ވޯރިއާސް އިން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ .މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ވޯރިއާސްގެ ޒާލިފްއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި އައިލެންޑް ކިންގްސް އާއި ހަސްތާ ލަ ވިސްތާ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ހަސްތާ ލަ ވިސްތާ އިން ވަނީ ފުރަތަމަ ހާފުގައި 2 ލަނޑު ޖަހައި މެޗު ކޮންޓްރޯލްކޮށްފައެވެ. ނަމަވެސް، އައިލެންޑް ކިންގްސް އިން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން ހަސްތާ ލާ ވިސްތާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އައިލެންޑް ކިންގްސް އިން ކުޅުން ވަރުގަދަކޮށް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދާފައިވަނީ އައިލެންޑް ކިންގްސްގެ ޖާޒީ ނަންބަރު 10 އަލްކޯ އެވެ.