ބަޔަކު ގަބޫލުކުރަން ބޭނުންނުވިޔަސް ޒިމްބާބުވޭއަށް ގެނައީ ބަޣާވާތެއްކަމަށާއި، ބަޣާވާތް ނިމުމަކަށްގެނެސް ކުރީގެ ވެރިކަން އަލުން އިއާދަކުރަންޖެހޭ ކަމަށް އެގައުމުގެ ކުރީގެ ލީޑަރު ރޮބަޓް މުގާބޭ ވިދާޅުވެއްޖެއެވެ
ރިކަމުން ދުރުކުރިފަހުން ފުރަތަމަ ފަހަރަށް ޓިވީއަށް ދެއްވި އިންޓަވިއުއެއްގައި މުގާބޭ ވިދާޅުވީ ޒިމްބާބުވޭގެ އަަސްކަރިއްޔާއިން އެގައުމަށް ގެނައި ބަޣާވާތަކީ އަމިއްލައަށް ކުރި ލަދުވެތިކަމެއް ކަމަށާއި އަލުން އަބުރާ ގެއްލުނު ވެރިކަން އިއާދަވާންޖެހޭނެ ކަމަށެވެ.
ޒިމްބާބުވޭގެ މިހާރުގެ ރައީސް އެމާސަން ނަންގަވާގެ ވެރިކަމަކީ ޤާނޫނާއި ހިލާފުވެރިކަމެއް ކަމަށާއި އެހެންނަމަވެސް ނަންގަވާ އާއި މެދު އެއްވެސް ރުޅިވެރިކަމެއް ހިތުގައި ނެތްކަމަށް މުގާބޭވަނީ ވިދާޅުވެފައެވެ
މަގާމުން ދުރުކުރި ފަހުން މުގާބޭ އަލުން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްކުރަމުންދާއިރު ދާދިފަހުން ޒިމްބާބުވޭގައި އުފެއްދި ނެޝެނަލް ޕެޓްރިއޯޓިކް ފްރަންޓް (އެންޕީއެފް) ޕާޓީއަކީ މުގާބޭ އަޑީގައި ހުންނަވައިގެން އުފެއްދި ޕާޓީއެއް ކަމަށް ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ