English Edition
Dhivehi Edition

ޔޫގެންޑާގެ އެންތަބީ އެއާޕޯޓުގައި ޕާކްކޮށްފައި އޮތް އެމިރޭޓްސް އެއާލައިންގެ މަތިންދާބޯޓެއްގެ އިމަޖެންސީ ދޮރުން ވެއްޓި އެއާހޮސްޓެސްއެއް މަރުވެއްޖެއެވެ

ޔޫގެންޑާގެ އޭވިއޭޝަން އޮތޯރިޓީން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެމިރޭޓްސްއިން ބުނެފައިވަނީ ވެއްޓުނު އެއާހޮސްޓެސް، ޔޫގެންޑާގެ ކިސުބީ ހޮސްޕިޓަލަށް ވަގުތުން ފަރުވާއަށް ގެންދިޔަކަމަށާއި އެހެންނަމަވެސް ކުޑައިރުކޮޅެއް ތެރޭ އޭނާ މަރުވެފައިވާ ކަމަށެވެ

މަންޒަރުދުށް ބައެއް މީހުން ބުނެފައިވަނީ އެއާހޮސްޓެސް، އެލީނާ ބޯޓުގެ އެހެން ކްރޫއިންނާ އަރާރުން ވާތަންވެސް ފެނިފައިވާ ކަމަށާއި އޭނާ ގަސްތުގައި އިމަޖެންސީ ދޮރު ހުޅުވައިގެން ފުންމާލީ ކަމަށެވެ.އަދި އެލީނާ ފުންމާލީ ފުޅިއެއް ހިފައިގެން ކަމަށާއި މޫނަށާއި ގަޔަށް އެހާބޮޑަށް ގެއްލުންލިބުނީ އެ ފުޅީގެ ބިއްލޫރިތަށް ހެރުމުން ކަމަށް މަންޒަރުދުށް ފަރާތްތަކުންވަނީ ބުނެފައެވެ