English Edition
Dhivehi Edition

މުޒާހަރާ ރޫޅާލާއިރު ވާ އެއްވެސް ގެއްލުމަކަށް ޒިންމާ ނުނަގާނެ ކަމަށް ފުލުހުން ބުނެފިއެވެ

އިދިކޮޅު ސިޔާސީ ޕާޓީތަކުން މިރޭ މާލޭގައި ކުރިއަށް ގެންދާ “ހުއްޓުވާ” މުޒާހާރާ ކޯންޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ފުލުހުން އަންނަނީ މުޒާހަރާކުރާ ސަރަހައްދު ދޫކޮށްދިއުމަށް އިލްތިމާޒުކުރަމުންނެވެ. މަޖީދީމަގާއި ގުޅިފައިވާ ގޯޅިތަކަށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި، މަޖީދީ މަގުން މުޒަހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުހުންވަނީ ޕެޕަސްޕްރޭ ޖަހާފައެވެ

މިރޭގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ހައްޔަރުކޮށްފައިވާ މީހުންގެ ސީދާ އަދަދެއް އަދި އެގިފައެއް ނުވެއެވެ

1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެފައިވާއިރު، ފުލުހުންގެ ބަހަށް ތަބާނުވެ މުޒަހަރާކުރާނަމަ ބާރުގެ ބޭނުންކޮށްގެން މުޒަހަރާ ރޫޅާލާނެކަމުގެ އިންޒާރު ފުލުހުންވަނީ ދީފައެވެ