English Edition
Dhivehi Edition

ޤާސިމް އިބްރާހީމް ހައިޖާނެއް އުފައްދަވާފައިވާނަމަ އެ ހައިޖާނަކީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމްއަށް މިނިސްޓަރުކަން ހޯއްދަވައި ދެއްވުން ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިޔާސީ ‘ހައިޖާންތަކުގެ’ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ ޠާރިޤް ދެއްކެވި ވާހަކަތަކައް ރައްދުދެއްވަމުން ހަސަން ވިދާޅުވީ ތާރިޤް ފަދަ ދެއުޅި އެއްނުވާ މީހުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގެ މަޤާމް ހޯއްދަވައި ދެއްވުމުން އެކަމުގެ ދުއްތުރާތަކާއި މުޞީބާތްތައް ރާއްޖެއަށް ދަނީ ކުރިމަތިވަމުން ކަމަށެވެ

ތާރިޤް އަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ އެއްވެސް ފެންވަރެއް ނެތް މީހުންނަށް ބޮޑެތި މަޤާމުތައް ލިބުމުން އަބަދުވެސް އުޅެންޖެހޭނީ މަޤާމު ދިފާޢުކުރުމަށްކަމަށާއި އެފަދަ މީހުން އަބަދުވެސް ވާހަކަ ދައްކަންޖެހޭނީ ވަޒީފާ ސަލާމަތްކުރުމަށްޓަކައި ވެރިމިހާގެ ރުހުން ހޯދުމަށްކަމަށެވެ. މީގެ އިތުރުން ތާރީޤް ވިދާޅުވީ މިހާރު ރާއްޖޭގައި އުފެދިގެން މިއުޅޭ މައްސަލައަކީ ‘ބަތާހަރާމީން’ ޤައުމުގައި ތަންކޮޅެއް ގިނަވުމުގެ މައްސަލަ ކަމަށާއި ‘ބަތާހަރާމީން’ އެބަސް ރަދީފުގައިވެސް އޮންނަނީ އެފަދަ ބައަކު އަބަދުވެސް ޤައުމުގައި އުޅޭތީ ކަމަށެވެ