އަނުޝްކާ ޝަރުމާގެ އާދަޔާ ހިލާފް މޮޅު އެކްޓިން ފެނިގެންދާ ފިލްމު’ޕަރީ’ އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އިރު ޕާކިސްތާނުގައި އެ ފިލްމު ނޭޅުވޭނެކަމަށް އެ ގައުމު ސެންސަރު ބޯޑުން ބުނެފިއެވެ
އެގައުމުގައި މި ފިލްމް އެޅުވުމަށް އިޝްތިހާރުކޮށް ހައުސްފުލް ގިނަ ޝޯތަކެއްގެ ޓިކެޓް ވިއްކާފައި ވަނިކޮށް އެ ގައުމުގެ ސެންސަރު ބޯޑުން ފިލްމު ނޭޅުވޭނެކަމަށް ނިންމީ ފިލްމްގައި ސިހުރުގެ މަންޒަރުތަކާއި އަދި ޤުރުއާންގެ ލަފްޒުތަށް އޮޅުވާލައިގެން ބޭނުންކޮށްފައިވާތީކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އިސްލާމްދީންގެ އުސޫލުތަކާއި ހިލާފު ގިނަ މަންޒަރުތައް މި ފިލްމުގައި އެކުލެވިފައިވާކަމަށް ސެންސަރު ބޯޑުން ވަނީ ބުނެފައެވެ. ޤުރުއާންގެ ލަފްޒުތައް ސިހުރު ހަދާ މަންޒަރުތައް ދައްކައި ދިނުމުގައި ބޭނުކޮށްފައިވާއިރު މި ފިލްމާއި ބެހޭ ގޮތުން ސެންސަރު ބޯޑުން ބުނެފައިވަނީ ޕާކިސްތާނުގެ ސަގާފަތާއި އިސްލާމްދީނާއި ހިލާފް އެއްވެސް ކަހަލަ މަންޒަރެއް އަދި ވާހަކައެއް އެކުލެވޭ ފިލްމެއް އަޅުވާކަށް ހުއްދައެއް ނުދެވޭނެކަމަށެވެ
ސެންސަރު ބޯޑުގެ ނިންމުމާއި ގުޅިގެން ސިނަމާތަކުން ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ރިފަންޑު ދިނުމުގެ މަސައްކަތް ކުރަމުންދާއިރު ޤުރުއާންގެ ލަފްޒުތައް އޮޅުވާލައިގެން ބޭނުންކޮށްފައިވާތީ މި ފިލްމަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންވެ