ބިގްބޮސްގައި ދިމާވި ހާދިސާތައް މިހާރު ހިތުން ފިލާފައިވާ ކަމަށާއި އަވަހަށް ކަންތައްތައް ހަނދާން ނައްތާލުމަކީ ލިބިފައިވާ ނަސީބެއް ކަމުގައި ހީނާ ޙާން ބުނެފިއެވެ
ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ ގައި އަކްޝަރާގެ ރޯލުން ފެނިގެންދިޔަ ހީނާ ބުނެފައިވަނީ ބެލުންތެރިން ޑްރާމާގައި ފެނުނު އަކްޝަރާގެ ސިފަތައް ހަގީގީ ހީނާގެ ކިބައިން ފެނުމަށް އުއްމީދުކޮށްގެން ނުވާނެކަމުގައެވެ. އަދި އަކްޝަރާ މަޑުމައިތިރި ސިފަތަކާއެކު އެގޮތުގައި ބެހެއްޓުމަށާއި ހީނާ އޭނާގެ ގޮތުގައި ބެލުންތެރިން ބަލައިގަންނަން ޖެހޭކަމަށް އޭނާވަނީ ބުނެފައެވެ
ބިގްބޮސްގައި ހީނާގެ ފަރާތުން ފެނިގެންދިޔަ ރުންކުރު މިޒާޖުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާއިރު ހީނާ ބުނެފައިވަނީ އެ ކަމުގެ ސަބަބުން އޭނާއަށް ތާއިދުކުރާ ތައުލީމީ މީހުން ގިނަ ވެގެންދިޔަ ކަމަށާއި ލިބެމުން އައި ތާއީދަށް ބަދަލެއް ނާންނަ ކަމުގައެވެ
މިފަހަރު ބިގްބޮސް ކާމިޔާބުކޮށްފައިވާ ޝިލްޕާ އާއި ބެހޭ ގޮތުން ހީނާ ބުނެފައިވަނީ އޭނާއަކީ ޕްރޮފެޝަނަލް މީހެއް ކަމަށާއި ދުޝްމަނަކާއެކު މަސައްކަތްކުރަންވިޔަސް ފަހަތަށް ނުޖެހޭނެކަމަށެވެ. އަދި ބިގްބޮސްގެ އެއްވެސް ބައިވެރިއަކާމެދު މިހަރު ހިތްބުރަކަމެއް ނެތްކަމަށާއި ޝިލްޕާ އާއި އޭނާއަކީ މިޒާޖުގެ ގޮތުން ވަރަށް ތަފާތު ދެމިޙުންކަން ގަބޫލުކުރާކަމަށް ހީނާވަނީ ބުނެފައެވެ
މީގެ ކުރިން ޝިލްޕާ ބުނެފައިވަނީ އޭނާ ދެން ދުވަހަކުވެސް ޙިނާ އާއި ބައްދަލުވާން ނޭދޭކަމަށާއި ޝޯގައި ހީނާ އޭނާ އާއި މެދު ކަންތައްކޮށްފައިވަނީ ނޯކަރަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށް ކަމުގައެވެ