English Edition
Dhivehi Edition

މީދޫ ޒުވާނުން އިންތިޒާމުކޮށްގެން މިރޭ ފެށި “ކައިށާ ފެޑުން3” ގެ ފުރަތަމަ މެޗް އެމިގޯސް ކާމިޔާބުކޮށްފިއެވެ.މީދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗް އެމިގޯސް އިން ކާމިޔާބުކުރީ ވައި ނޯޓް ފިޓް އާއި ބައްދަލުކޮށް 2ލަނޑު 0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އެމިގޯސްގެ މުހައްމަދު މުސައްވިރު ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމު ވަނީ މެޗުގެ ލީޑް ނަގާފައެވެ. ދެ ޓިމުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ދެވަނަ ހާފްގައި ވައި ނޯޓް ފިޓް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.އެހެން ނަމަވެސް ދެވަނަ ހާފް ނިމެން ކައިރިވެފައިވަނިކޮށް އެމިގޯސް އިން ޖެހި ދެވަނަ ލަނޑާއެކު އެ ޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ޓީމުން ޖެހި ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާ މުސައްވިރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމިގޯސް ޓީމުގެ މުހައްމަދު މުސައްވިރުއެވެ. މި މުބާރާތް މީދޫގައި ބާއްވަމުން އަންތަން ތިން އަހަރުވެފައިވާއިރު މި މުބާރާތަކީ މީދޫ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.