English Edition
Dhivehi Edition
ފޮޓޯ/ ޕޮލިސް

މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މައްސަަލައިގެ ތުހުމަތުގައި ޒުވާން އަންހެނަކު ހައްޔަރުކޮށް، ވަނަވަރު އާންމުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ، ސ. މަރަދޫ، ކުންނާރުގެ، އުމުރުން 27 އަހަރުގެ އާއިޝަތު މަލްޖާ މޫސާ ދީދީއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގައިފައިވަނީ މިދިޔަ މަހުގެ 26ވަަނަ ދުވަހުގެ ރޭކަމަށެވެ. އެ ގޮތުން އެރޭ 21:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވައި އޭނާއަށް ކޮޓަރިއަށް ދިއުމަށް، އަންހެން މީހާ ދައުވަތު ދިންކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު އެ ފިރިހެން މީހާ ދިޔައީ، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓު ހައުސަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ އަންހެން މީހާއާއި އިތުރު ފިރިހެނެއް ވެގެން އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި، ކޭޝްކާޑު އަތުލިކަމަށާއި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާކަމަށް ފުލުހުން ވަނި ބުނެފައެވެ.

މި މައްސަލައިގައި އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

 

ޓެގު