English Edition
Dhivehi Edition

އެޕާޓްމަންޓުތަކަކާއި ކާރުތަކެއް ބަލާ ފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި އެޕާޓްމަންޓުތަކާއި ކާރުތައް ބަލާ ފާސްކުރުމުގެ ތެރޭގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ، ފުނަމާގެ، ހަސަން ޒަޔާން (24އ) އަދި ގދ. ތިނަދޫ، ކުލުނު، އަލީ ސަރީހު (22އ)އެވެ.

ފުލުހުން އިތުރަށް ބުނީ ސަރީހުގެ ކުޑަކަމުދާތަކެތި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށާއި އޭނާއަކީ މަސްތުވާތެކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށެވެ. ޒަޔާން އާއި ސަރީހު ގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައިވާއިރު މައްސަލައިގައި އިތުރު އެހެން ފަރާތްތަކެއްގެ ބައިވެރިވުންވެސް އޮތް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.