English Edition
Dhivehi Edition
ފޮޓޯ:މިހާރު

ޭނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އަހުމަދު ސުލައިމާން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް، ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ

މިއަދުގެ ޖަލްސާ އަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވެވި ސިޓީފުޅުގައި ވަނީ،އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އެންއައިސީ އަށް އައްޔަން ކުރުމާ މެދު މެމްބަރުންގެ މަޝްވަރާއަކަށް އެދިވަޑައިގެންފަ އެވެ. ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް އިއުލާންކޮށްފައިވާއިރު އެ މަގާމަށް ހަތް ބޭފުޅަކުވަނީ ކުރިމަތިލާފައެވެ. ނަމަވެސް އޭގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ ސުލައިމާންގެ ނަން އެކަންޏެވެ

މިދިޔަ މަހުގެ 31 ވަނަ ދުވަހު ސުލައިމާން އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާއިރު އިސްތިއުފާދެއްވި ސަބަބާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް މީޑިއާތަކާއި ހިއްސާކޮށްފައެއް ނުވެއެވެ