English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް ރަސްމީ ދަތުރުފުޅެއްގައިވެސް ސިންގަޕޫރަށް ވަޑައިގެން މުހިންމު އެއްބަސްވުންތަކެއްގައިވެސް ސޮއިކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައިވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.