English Edition
Dhivehi Edition

މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނީ އިދިކޮޅުން ގެންނަ ހަ މެމްބަރުންނާ އެކުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ

އިއްޔެ ހަވީރު ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި “މަގެ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ” ގެ ނަމުގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އަބަދުވެސް އިދިކޮޅު މެމްބަރުންނަށް މަޖިލީހުގެ މެޖޯރިޓީ އޮންނާނީ ޖަލްސާރައް ނޯންނައިރު ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ފެއްޓުމާ އެކު މެޖޯރިޓީ އޮންނާނީ ޕީޕީއެމްއަށްކަމަށް ފަލާހު ވިދާޅުވިއެވެ. މީގެ އިތުރުން ފަލާހު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅުން ހަ މެމްބަރަކު ޕީޕީއެމް އާއި ގުޅިގެންދާ މަންޒަރު ފެނިގެންދާނެކަމުގައެވެ

މީގެ އިތުރުން ފަލާހު ވިދާޅުވީ ރައީސް ޔާމީން އަކީ ވަރަށް ހިކުމަތްތެރި، ހިތްވަރުގަދަ ވެރިއެއްކަމަށާއި ސަރުކާރު ދިފާއުކުރުމުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ދެމި ތިއްބަވާނެކަމުގައެވެ