Sunnaa ge molhukulhumaa eku FC Lucky ah molhe - AO News
English Edition
Dhivehi Edition

Worldwide

  • 20,023,016confirmed
  • 12,897,813recovered
  • 6,391,230active
  • 733,973deaths

Maldives

  • 5,041confirmed
  • 2,804recovered
  • 2,218active
  • 19deaths

ކޮވިޑް 19 ކަވަރޭޖް

2 އަހރު ކުރިން

މުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓް 2018 ގައި ރޭ ކުޅުނު ދެވަނަ މެޗު އެފްސީ ލަކީ  އިން ކާމިޔާބުކޮށްފިއެވެ

ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ކުޅުނު މެޗު އެފްސީ ލަކީ އިން ކާމިޔާބުކުރީ އެފްސީ އަހުންނާއި ބައްދަލުކޮށް 06 ލަނޑު 3 ލަނޑުންނެވެ.ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ ދެވަނަ މިނިޓްގައި އެފްސީ އަހުން ޓީމުގެ ސަހާފް ކާމިޔަބުކޮށްދިން ލަނޑެކެވެ.މެޗުގެ ދެވަނަ ލަނޑަކީ އެފްސީ ލަކީގެ އިބްރާހިމް ސުނިލް(ސުންނާ) ނެގި ކޯނަރެއް ގޯލަށް އަމާޒުކޮށް މުންޖިދު އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ދިހަވަނަ މިނިޓްގައި އެފްސީ ލަކީގެ ފާރޫގް ޖެހި ލަނޑާއެކު އަހުން ޓީމުންވަނީ މެޗުގެ ކުޅުން ރަގަޅުކޮށްފައެވެ. މިގޮތުން މެޗުގެ ސާދަވަނަ މިނިޓްގައި ރަޔާންވަނީ އެފްސީ އަހުންނަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ އަށާރަވަނަ މިނިޓްގައި ސުންނާ ނެގައިދިން ކޯނަރަކުން ބަލްސަމް ކާމިޔާބުކުރި ގޯލާއެކު އަހުން ޓީމުގެ ސަހާފްވެސް ވަނީ އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ

މެޗުގެ ދެވަނަ ހާފްގައި އެފްސީ ލަކީ އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު އެފްސީ އަހުން އިންވަނީ އެ ޓީމު ކޯންޓްރޯލް ކުރުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ ފަހު ހާފްގައި އެފްސީ ލަކީގެ ސުންނާ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ފަޓޭވަނީ އެއް ލަނޑު މާކިޔާބުކޮށްދީފައެވެ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ލަކީގެ ސުންނާއެވެ.މި ދެޓީމުވެސް މުބާރާތުން ކަޓާފައިވާއިރު މިރޭ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބައްދަލުކުރާނީ ބްރަދާސް ޔުނައިޓެޑް އާއި ޔުނައިޓެޑް ބްރަދާސްއެވެ.މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޝަންގްރިއްލާއާއި އެފްސީ ގައުމެވެ

1 ކޮމެންޓް
Garodheya
ފެބުރުއަރީ 20, 2018
Ebbai thanthan Sunil au enahbai thanthani sunaan au.