English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މުލިމަތި ޖަމްޢިއްޔާގެ 08 ވަނަ އަހަރީ ދުވަސް ފާހަނގަކޮށްފިއެވެ.

އިއްޔެ ހަވީރު އަސްރިއްޔާ ޕްރީ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑރ.ޝީމާ ސައީދުއެވެ. އެ ޖަމްޢިއްޔާގެ އަހަރީ ދުވަސް ފާހަނގަކުރުމަށް ބޭއްވި ހަފްލާގައި ވަނީ 2019 އަދި 2020 ވަނަ އަހަރު ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށްފައެވެ. މީގެ އިތުރުން މި ހަފްލާގައި 2021 ވަނަ އަހަރުގެ ހިންގާ ކޮމިޓީ އާއި އެޑްވައިޒަރީ ބޯޑްވެސް ވަނީ އިފްތިތާހްކޮށްފައެވެ.

މި ގޮތުން 2021 ވަނަ އަހަރު އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީއަށް އިންތިހާބުވެފައިވަނީ:-

  • ޝަމްސުއްނިސާ- ޖަމްމިއްޔާގެ ރައީސާ
  • ފާތިމަތު ހާފިޒާ- ޖަމްމިއްޔާގެ ނައިބް ރައީސާ
  • މުހައްމަދު ހަފީލް- ޖަމްމިއްޔާގެ ޔޫތް ލީޑަރ
  • އާމިނަތު މަނާރް- ޖަމްމިއްޔާގެ ހަޒާންދާރު
  • އައިޝަތު މުހައްމަދު- ޖަމްމިއްޔާގެ ސެކެރެޓަރީ
  • މަރްޔަމް ނިޒާމާ- ޖަމްމިއްޔާގެ އާންމު މެމްބަރު

މި ޖަލްސާގައި އެ ޖަމްޢިއްޔާގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ބަހުސް މުބާރާތުގެ ނަތީޖާފާޅުކޮށް ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު މި ހަފްލާގައި ވާހަކަދައްކަމުން ޝަރަފުވެރި މެހެމާނާ ޑރ.ޝީމާ ސައީދު ވަނީ ޖިންސީ އަނިޔާ އާއި ބެހޭ ގޮތުން ޖަލްސާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކާފައެވެ.

Image may contain: ‎5 people, ‎text that says '‎Executive Mulimathi United's Committee 2021 Shamsunnisa President Fathimath Hafiza Manaar Hassan Didi Vice President Treasurer Aishath Ibrahim Secretary Mariyam Nizama EXCO Member Mohamed Hafeez Youth Leader & Event Coordinator MMU 2021 ג‎'‎‎

 

13 ޑިސެމްބަރ 2012 ވަނަ އަހަރު ރަޖްސްޓްރީކޮށްފައިވާ މުލިމަތި ޖަމްއިއްޔާގެ އެންމެ ބޮޑު މަގްސަދަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ، އުފާވެރި، ބަދެހި މުޖްތަމައުއެއް ބިނާކުރުމާއެކު ގައުމާއި ވަތަންދެކެ ލޯބިވާ ޖީލެއް ބިނާކުރުމެވެ.އަދި ޒުވާނުންނަށް ކުރިއަށްދާނެ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ރަށުގައި ހިންގޭ އެކި އެކި އިޖްތިމާއީ ކަންކަމުގައި ބައިވެރިވެ ރަށަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނައުމަށް ކަމާއި ގުޅޭ އެންމެހާއި އިދާރާތަކާއި ގުޅިގެން މަސައްކަތްކުރުމެވެ.

1 ކޮމެންޓް
ރަދީފް
ޑިސެމްބަރު 19, 2020
ޖަމިއްޔާ'' މިބަސް ލިޔާނެ ގޮތް ތި ނޫހުގެ ސްޓާފުން ދަސްކުރަން ޖެހޭ.