English Edition
Dhivehi Edition

ދައުރުން ބޭރުން މިއަދު ނުވައެއް ޖަހާއިރު ބާއްވަން ތާވަލު ކުރި ރައްޔަތުންގެ މަޖިލީހުގެ ޖަލްސާ މިއަދު 11 ޖަހާއިރަށް ފަސްކޮށްފި އެވެ

މިއަދު ޖަލްސާ ފަސްކުރި ސަބަބު މަޖިލީހުގެ އިދާރާއިން ހާމަކޮށްފައި ނުވާއިރު މި ޖަލްސާގެ އެޖެންޑާގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު މަޖިލީހަށް ހުށަހެޅުމެވެ

ގާނޫނު އަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޓަކައި އެ ހާލަތު އިއުލާނުކުރާތާ 48 ގަޑިއިރުތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި ކުއްލި ހާލަތު އިއުލާނުކުރީ މަޖިލީހުގެ ދައުރުން ބޭރުގައި ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ޖެހެ އެވެ