ހުކުރު ޚުތުބާގައި އިސްލާމީ ޝަރީއަތާއި ޚިލާފު އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ
ހުކުރު ޚުތުބާއާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ޑރ. އަހުމަދު ޒިޔާދު ހުކުރު ހުތުބާތަކުގެ މަގުސަދާ އެއްގޮތަށް ހުތުބާތައް ކިޔާން ފެށީ މިހާރު ކަމަށެވެ. މިދިޔަ ހުކުރު ދުވަހު “ހާކިމާ އަކީ ނިއުމަތެއް” މި މައުޟޫއަށް ތައްޔާރުކުރި ހުތުބާގެ ސަބަބުން އިސްލާމިކް މިނިސްޓްރީއަށް ބޮޑެތި ފާޑު ކިޔުނަތަކެއް އަމާޒުކޮށް ވާހަކަދައްކާފައިވާއިރު މި ފާޑުކިޔުންތަކަށް މިނިސްޓަރ ދެއްވާފައިވަނީ ވަރަށް ފިނި ޖަވާބެކެވެ.” ޚުތުބާގައި އިސްލާމީ ޝަރީއަތާއި ޚިލާފު އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެ ހުކުރު ޚުތުބާއިން ހާމަވި އެއްކަމަކީ ދިވެހި ރައްޔިތުން ހުކުރު ޚުތުބާ އަޑުއަހާކަމާއި އަދި އެއަށް ޝައުގުވެރިވާ މިންވަރު” ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވިއެވެ
އިދިކޮޅު ފަރާތްތަކުން ހުތުބާއާއި ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކައަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދީނީގޮތުން ވެރިއެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ރައީސް އަބްދުﷲޔާމީން އަބްދުލް ގައްޔޫމްގެ ކިބައިގައި ހުރިކަމަށާއި އޭގެ ތެރޭގައި ރައްޔިތުންނަށް އޯގާތެރި ވުމާއި، އަދުލުވެރިވުމާއި، ހަމަހަމަކަމާއިއެކު އިންސާފް ގާއިމް ކުރުން ހިމެނޭކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީނަކީ އިސްލާމްދީނަށް ލޯބިކޮށް ދީން ދަމަހައްޓަން މަސައްކަތް ކުރައްވާ ވެރިއެއްކަމަށާއި އިސްލާމްދީން ނޫންދީނަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރުސަތު ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.މީގެ އިތުރުން އަދުރޭ ވިދާޅުވީ ހުކުރު ޚުތުބާއި ގުޅޭގޮތުން ދައްކަމުންދާ ތަފާތު ވާހަކަތަކީވެސް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލުވާލުމަށްޓަކައި ދައްކަމުންދާ ވާހަކަ ތަކެއް ކަމަށެވެ