English Edition
Dhivehi Edition
ގައްދޫގައި ކުރިއަށް ގެންދިޔަ : އިޙްޔާފޯރަމްގެ ތެރެއިން: ފޮޓޯ އިސްލާމިކް މިނިސްޓްރީ

އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ގދ. ގައްދޫގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމް އާއި ގުޅިގެން ގައްދޫ ރައްޔިތުންނަށާއި ކައުންސިލަށް ޝުކުރު އަދާކުރައްވާ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރުގެ ޕޯސްޓުގައި ވަނީ އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ގައްދޫ ކައުންސިލުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.

ގައްދޫގައި ކުރިއަށް ގެންދިޔަ ފޯރަމްގައި “ނުރަނގަޅު އާދަތައް ދޫކުރުން” މި މަޢުޟޫއަށް މި ފޯރަމްގައި ތަޤުރީރު ތަޤުރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުالله ސަޢުދާންއެވެ.

އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ.

މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.