English Edition
Dhivehi Edition

މުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފިޓްސެލް ޓޯނަމެންޓް 2018 ގެ ފުރަތަމަ މެޗް ބޮޑު ތަފާތަކުން ޔުނައިޓެޑް ބްރަދާސް ކާމިޔާބުކޮށްފިއެވެ

ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ކުޅުނު މި މެޗް ބްރަދާސް ޔުނައިޓެޑް އިން ކާމިޔާބުކުރީ އެފްސީ އަހުންނާއި ބައްދަލުކޮށް 12 ލަނޑު 1 ލަނޑުންނެވެ. ޔުނައިޓެޑް ބްރަދާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ ރަމްޒީ ހުސެއިން އެވެ

18 އަހަރުން ދަށުގެ ވިދަމުން އަންނަ މީދޫ ކުޅުންތެރިން ހިމެނޭ އެފްސީ އަހުންއިން ބުނެފައިވަނީ އައްޑޫ ސިޓީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ޔުނައިޓެޑް ބްރަދާސް އާއި ބައްދަލުކޮށް އެ ޓިމުން ކުޅުނު ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމުގައެވެ. އަދި ދެން ކުޅޭ މެޗަކަށް ޓީމުން މިއަށްވުރެ ރަގަޅަށް ތައްޔާރުވާނެކަމަށް ޓީމުންވަނީ ބުނެފައެވެ

މިމުބާރާތުގައި މިރޭ ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު 20:30 ގައި ކުޅެވޭ ފުރަތަމަމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޑީއެފްސީ އާއި ޝަންގްރިއްލާ ޓީމް އެވެ. މިރޭ 9:30 ގައި ކުޅެވޭ ދެވަނަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ބްރަދާސް ޔުނައިޓެޑާއި އެފްސީ ލަކީއެވެ

މިމުބާރާތުގެ ގްރޫޕް މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ

މުބާރާތުގެ ޗެމްޕިއަން ޓީމަށްވަނީ ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޯންޓްރޯލް ޕީ އެވެ

1 ކޮމެންޓް
ކަސްތޫރި
ފެބުރުއަރީ 17, 2018
މިމުބާރާތަކީ މުލިމަތިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެއް ތޯ ނޫނީ ހުޅުމީދޫ ޕޮލިހުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެއް ތޯ ؟