English Edition
Dhivehi Edition

ކުއްލި ހާލަތު ނިމުމާއެކު މަޖިލީހުގެ ޖަލްސާތައް ފަށާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ

އިއްޔެ ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު “ބަޣާވާތު” ގެ ސަބަބުން ކަމަށެވެ.މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމައި މެމްބަރުންނަށް އަންގާފައިވަނިކޮށް ސަލާމަތީ ޚިދުމަތްތަކުން ވެސް އެ އަށް ވުރެ ބޮޑު ކަމެއްގައި އުޅެން ޖެހުމުން މުއްދަތެއް ނެތް ގޮތަށް ޖަލްސާ ފަސްކުރީ ކަމަށް ނިހާން ވިދާޅުވި އެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ ދައުރު ފެށޭ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބްކުރެއްވަން ހަމަޖެހިފައިވާ ޖަލްސާއަކަށް ވާއިރު އެ ޖަލްސާ ނުބާއްވައި އެހެން ޖަލްސާއެއް ނުބާއްވާނެކަމަށެވެ. އަދި އެ ފުރުސަތު ލބެންދެން މަޖިލީސް ބަންދުކޮށްފައި ނުވަތަ ނުހުޅުވި އޮތުމަކީ މައްސަލައެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ. އަދި ހަމައެއާއެކު ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު އެޖެންޑާކޮށްފައި ހުރި ކަންކަން ވެސް ކުރިއަށް ދާނެ ކަމަށް ނިހާން ވިދާޅުވިއެވެ

ރައްޔަތުންގެ މަޖިލީހުގެ ގަވައިދުގައިވާގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހޭއިރު ކުރިންވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމާފައެވެ. އެހެންނަމަވެސް މި މަހުގެ ފުރަތަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.ކުއްލި ނުރައްކަލުގެ ހާލަތު ނިމޭނީ، އަންނަ އަންގާރަ ދުވަހަށެވެ