English Edition
Dhivehi Edition
ފޮޓޯ:ސަން

 

މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ފުލުހުން ބަންދުކުރީ އެއްވެސް ތުހުމަތެއްގެ މައްޗަށް ނޫން ކަމަށް އާއިލާ އިން ބުނެފި އެވެ

އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ހައްޔަރުކުރުމާ ގުޅިގެން އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ވިދާޅުވީ މާޝާ ހައްޔަރުކޮށްފައި ވަނީ އެއްވެސް އަސާސެއް އަދި އެއްވެސް ތުހުމަތެއްގެ މައްޗަށް ނޫން ކަމަށެވެ. މީގެ އިތުރުން ޒާލިފް ވިދާޅުވީ މާޝާ ހައްޔަރުކޮށްފައިވަނީ ކޮން ތުހުމަތެއްގައި ތޯ ފުލުހުންނާއި ސުވާލުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ފުލުހުން އެކަމުގެ ތަފްސީލެއް ދެއްވާފައި ނުވާކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ކޮންމެ ހާލަތެއްގައި ވެސް މީހަކު ހިފައި ހައްޔަރުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި މާޝާ ހައްޔަރުކޮށްފައިވަނީ، އިލްހާމާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ކަމަށް ބުނެ ކަމަށާއި އިލްހާމް ވީތަނަކާ ބެހޭގޮތުން ފުލުހުން މާޝާއާ ސުވާލު ކޮށްފައިވާކަމަށެވެ

ފުލުހުން އިލްހާމު ހޯދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދިން ރިޝްވަތުގައި ހިފި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ