ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ރާއްޖޭގައި ހިނގަމުން ނުދާ ކަމަށް ރާއްޖޭގެ ހާލަތާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އދގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ
އިއްޔެ އދގެ އިދާރާއެއް ކަމަށްވާ ޑިޕާޓްމެންޓް އޮފް ޕޮލިޓިކަލް އެފެއާޒްއިން ވަނީ ރާއްޖޭގެ ހާލަތު އދގެ ސަލާމަތީ މަޖިލީހުގައި ހިއްސާކޮށްފައެވެ. އިއްޔެގެ މި ބައްދަލުވުމުގައި ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ތެރެއިން ޗައިނާއާއި ރަޝިޔާއިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންތައްތަކަކީ ދިވެހިންނަށް ހައްލުކުރެވޭނެ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ. އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުން ކަމަށްވާ ޔޫކޭ އަދި އެމެރިކާއިން ރާއްޖޭގެ ހާލަތާއި ގުޅިގެން ބަޔާނެއް ނެރުމަށް އެދުމުންވެސއދގެ ސަލާމަތީ މަޖިލީހުން ވަނީ ބަޔާނެއް ނެރުމާއި ދެކޮޅު ހަދާފައެވެ
ރާއްޖޭގައި ހިނގަމުން އަންނަ ކަންތައްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އެމަނިކުފާނުގެ މަންދޫބުންގެ ގޮތުގައި ބައެއް ވަޒީރުން އެކި ޤައުމުތަކަށް ފޮނުއްވާފައެވެ