English Edition
Dhivehi Edition
އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ފޭދޫ ބްލޫސްޓަރ ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފޭދޫ އަވަށު އޮފީހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ފޭދޫ އަވަށު އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގުމާއެކު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި، އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑުގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައެވެ. އެ

މީގެއިތުރުން، މި ހާދިސާގައި ގެއްލުން ލިބުނު އާއިލާއަށް އިތުރަށް ބޭނުންވާ އެހީތެރިކަން ދެނެގަނެ، ކައުންސިލްގެ ފަރާތުން އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.