އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެ އަތޮޅު ހުޅުދުއާއި މީދުއަށް އާރްޓީއެލް ސްޕީޑް ފެރީގެ ދަތުރުތައް އަންނަ އަންގާރަ ދުވަހު ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އަލަށް ތައާރަފުކުރާ މި ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، އަވަސް ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ. ޖުމްލަ 21 މިނެޓު ހޭދަވާ މި ދަތުރުތައް ކުރާނީ އެއްފަސްކޮށް އޮންނަ ހުޅުދު އާއި މީދޫ ހިއްސާކުރާ ބަނދަރަށެވެ.
މި ހިދުމަތާއެކު އެއާޕޯޓަށް ފުރާ ފަރާތްތަކަށާއި އާންމު ބޭނުންތަކަށް ދަތުރުކުރާ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.