މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބްދަރިޔާ މަގު ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހި، އޭގެ ތެރެއިން އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ސެލޫނެއްގެ ގެ ބިއްލޫރިގަނޑުގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެންގޮސް ސެލޫން އެތެރެއަށް ސައިކަލު ވަދެފައިވާކަމުގެ މައުލޫމާތު ނޮވެމްބަރ 21 ވަނަ ދުވަހުގެ ހެނދުނު 09:16 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށވެެ.
މި އެކްސިޑެންޓުގައި، ކޮންޓްރޯލް ނުވެ ދިޔަ ސައިކަލު ދުއްވަން އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ބުނީ އެކުއްޖާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.