English Edition
Dhivehi Edition
މޯލްޑިވްސް އިސްލާމިކް ބޭންކް - ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަހަރުގެ ފަހުކޮޅާ ދިމާކޮށް “ކާޑުން ކަނޑާލާ ޓެޕް އެންޑް ވިން، އިޔާ އެންޑް ކެމްޕޭން 2026” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ، ދުވަހުން ދުވަހަށް ކުރާ ވިޔަފާރިތަކުގައި ނަގުދު ފައިސާގެ ބަދަލުގައި އެ ބޭންކުގެ ވިސާ ކާޑާއި “ފައިސާވެއާ” ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުކޮށް، ކަސްޓަމަރުންގެ އަގުވަޒަންކުރުމެވެ.

މި ކެމްޕޭނުގައި ބައިވެރިވުމަށްޓަކައި ކަސްޓަމަރުން ޖެހޭނީ އެމްއައިބީގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ “އެމްއައިބީ ގްލޯބަލް ޕޭ” މެދުވެރިކޮށް، އެމްއައިބީ ކާޑު ނުވަތަ ފައިސާވެއާ ބޭނުންކޮށްގެން މަދުވެގެން 120 ރުފިޔާގެ 12 މުއާމަލާތް ކާމިޔާބުކަމާއެކު ފުރިހަމަކުރާށެވެ. މި ކެމްޕޭނުގެ ދަށުން ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް، ދެ މީހުންނަށް ތިން ދުވަހުގެ ހިލޭ ޗުއްޓީ ދަތުރެއް ލިބޭނެއެވެ. މި އިނާމު ޕެކޭޖުތަކުގެ ތެރޭގައި ހުރުމާއި، ފުލް-ބޯޑު ކެއުމުގެ އިތުރުން ދެކޮޅު ދަތުރު ޓިކެޓުވެސް ހިމެނެއެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ކަނޑައަޅާފައިވާ ގެސްޓްހައުސްތަކަކީ:

  • ކ. ދިއްފުށީގައި ހުންނަ ސްޓޯން ހޮޓެލް
  • ބ. ދަރަވަންދޫގައި ހުންނަ ލުވައިސް ބްލާންކުރާ
  • ކ. ގުޅީގައި ހުންނަ އެރައިވަލް ބީޗް އެންޑް ސްޕާ

އެމްއައިބީން ފާހަގަކުރި ގޮތުގައި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ބޭންކުގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ އާދަ އަށަގެންނެވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.