ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މީހަކު އިންނައިގެން ދަތުރުކުރެވޭ ފެންވަރުގެ ޒަމާނީ ޑްރޯންއެއް ރާއްޖޭގައި ދައްކާލައިފިއެވެ.
މިއުޅަނދު ދައްކާލާފައި ވަނީ އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރީއާ ބެހޭ ވުޒާރާ އާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ހުޅުމާލެ ފޭސް 1 އަދި 2 ގުޅޭ ސަރަހައްދުގައެވެ.
މި ޑްރޯން ދައްކާލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކަމާބެހޭ ފަރާތްތަކުން ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ އާންމު ދަތުރުފަތުރުގެ ނިޒާމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އައު އުސްމިންތަކަކަށް ވާސިލުވުމަށް ލިބުނު ފުރުސަތެކަމަށެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި ރަށްރަށާއި ސިޓީތަކުގެ ދެމެދު ކުރާ ދަތުރުތަކަށް ލުއިކަމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.