English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އޮޅުވާލައިގެން މީހަކަށް ގުޅައި، އޯޓީޕީކޯޑު ހޯދައިގެން ބޭންކު އެކައުންޓަށް އެކްސެސް ހޯދައިގެން 63,000 ރުފިޔާއާއި 21,000 އެމެރިކާ ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި 4 މީހެއްގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިބްރާހީމް ޝާރިފް (34އ), ޏ. ފުވައްމުލައް، ދޫޑިގަން / ގޯލްޑަންގޭޓް, ޖިނާހު އަހްމަދު (29އ)، ފ. ފީއަލި / މަތަރެސްމާގެ އިތުރުން އިބްރާހީމް މުއާޒު (38އ)، ފ. ނިލަންދޫ / ނަޒުމު އަދި އަލީ ދާއިން (21އ)، ލ. ގަން، މަތިމަރަދޫ / ލިލީނައިޓްއެވެ.

މި މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު ކަމަށާއި، އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 4 މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.