English Edition
Dhivehi Edition
ޖުމްހޫރީ މައިދާން

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް، ޖުމްހޫރީ މައިދާނާއި އެ ސަރަހައްދުގެ ފަޅު ވަކި ގަޑިތަކެއްގައި އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި މަސްމާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީހާ ހަމައަށް އަދި އިސްލާމީ މަރުކަޒުން ފެށިގެން ރައީސް އޮފީހާއި ހަމައަށް ހިމެނެއެވެ.

ޓްރެފިކަށާއި ދަތުރުފަތުރަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކޮންމެ ދުވަހެއްގެ 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. އަދި 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ ވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.

މި ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.