އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު އަންނަ އަހަރުގެ ބަޖެޓު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާއިން ކުޑަވެފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމުގެ ރިކަރަންޓު ހަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރު ރިކަރަންޓު ޚަރަދަށް 42.7 ބިލިއަން ރުފިޔާ ލަފާކޮށްފައިވެއެވެ. މިއީ މިއަހަރު ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނެއެވެ.
އި މި ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވާ ސިއްހީ ދާއިރާއަށް 10.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.