English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުން ވިދާޅުވެފައިވަނީ، ކޮމިޝަން އިންސާފުވެރިކަމާ އެކު ހިންގުމަށް ފުރުސަތު ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރެއްވި ގޮތުގައި، ހުރިހާ މީޑީއާތަކަކަށް ހަމަހަމަ މާހައުލެއް ގާއިމުކޮށްދިނުމަށް ހުރަސްތަކެއް ހުރުމުގެ ސަބަބުން ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.

ފަރުޝަތު މި މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ނޫސްމަޖައްލާތަކަށް ދައުލަތުން ދޭ މާލީ އިނާޔަތް ލިބޭ އުސޫލު އިސްލާހުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.