އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހެޅުމަށް ހަމަޖެހިއްޖެއެވެ.
ބަޖެޓު ހުށަހެޅުމަށް ބާއްވާ މަޖިލީހުގެ ޚާއްޞަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1:30 ގައެވެ. މާދަމާ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ޖުމުލަ އަދަދާއި އޭގެ ތަފްސީލު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މާލީ އިސްލާހީ ފިޔަވަޅުތަކާއި އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުހިންމު ކަންތައްތަކެއް މި ބަޖެޓުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.
މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ބަޖެޓުގެ މައިގަނޑު އަމާޒު ހިފާފައިވަނީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ދާއިރާތަކަށެވެ.