ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާކިސްތާނު ސަރުކާރުން ރަސްމީކޮށް މަރުހަބާ މިއަދު ދަންނަވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ގައުމުގެ އިސްވެރިންގެ ފަރާތުން ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެ ގައުމުގެ ސިފައިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
ރައީސަށް މަރުހަބާ ދެންނެވުމުގެ ހަރަކާތަށް ފަހު ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ދެން ކުރިއަށް ގެންދާނީ ދެ ގައުމުގެ ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫއެއްގައި ސޮއިކުރުން އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހްބާޒުގެ ގުޅިފައިވާ ބަޔާން ދެއްވުމެވެ.